އަލިފާން ރޯވި ޑައިވިންގ ދޯނި އަޑިއަށް ހިނގައްޖެ

އައްޑޫ ފޭދޫ ބަނދަރު ބޭރުގައި އަޅާފައި އޮތް ޑައިވިންގ ދޯންޏެއްގައި ރޯވެ އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީ ފޭދޫ ބަނދަރު ބޭރުގައި އަޅާފައިއޮތް ޑައިވިންގ ދޯނެޏެއްގައި އަލިފާން ރޯވި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 13:30 ހާއިރު ކަމަށެވެ.

މިގޮތުން މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ސިޓީ ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި، އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު 15:30 ހާއިރު ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

އެމްއެންޑީއެފުން ބުނީ ޑައިވިންގ ދޯނީގައި އަލިފާން ރޯވުމުން ދޯނީގައި ތިބި މީހުން ދޯނި ކައިރިކޮށްފައި އޮތް ސަފާރީ އަށް އަރާފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި އެކެއްގެ ފައި ފިހިގެން އައްޑޫ ސިޓީ ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ސިފައިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް