ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހާމަކުރި ގޮތުގައި އަތުލައިގެންފައިވަނީ ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު ސްޓިކްސް ކަމަށެވެ.

މި ތަކެތި އަތުލައިގެންފައިވަނީ މާރިޗު 5 ވަނަ ދުވަހު މާލޭ ވިޔަފާރި ބަނދަރުން ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާން ވިދާޅުވީ މިދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ދެ މިލިއަނެއްހާ ސިނގިރޭޓު ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް