މ. އާއި ލ. އަތޮޅުގައި މިމަހު އާރުޓީއެލް ފެރީ ހިދުމަތް ފަށަނީ
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ހިދުމަތް މ. އާއި ލ. އަތޮޅުގައި މިމަހު ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މ. އަތޮޅާއި ލ. އަތޮޅުގައި މި މަހު ފެރީގެ ހިދުމަތް ފެށޭނެކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށެވެ.

އެންމެ ފަހުން އާރުޓީއެލްގެ ހިދުމަތް ފެށީ ފ އަތޮޅާއި ދ އަތޮޅުގައެވެ. އެ ދެ އަތޮޅުގައި އާރުޓީއެލް ފެރީ ހިދުމަތް ފެށީ މިދިޔަ މަހުުގެ 17 ވަނަ ދުވަހުއެވެ. އަދި މީހާރު ވަނީ އެ ދެ އަތޮޅުގައި ޓިކެޓް ވިއްކައިގެން ފެރީގެ ހިދުމަތް ދޭން ފަށާފައެވެ.

ފ އަދި ދ އަތޮޅުގައި މި ހިދުމަތް ފެށުމުން އާރް.ޓ.ީއެލް ހިދުމަތް ޖުމްލަ 14 އަތޮޅެއްގައި ދޭން ފެށުނީ އެވެ. އެއ ހއ،. ހދ،. ށ. ނ،. ރ. ބ. ޅ. ތ. ގއ. ގދ. ޏ،. އައްޑޫ ސިޓީއެވެ. ބާކީ އޮތް 6 އަތޮޅުގައިވެސް އާރް.ޓ.ީއެލް ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެމްޓީސީސީން ބުނެއެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް