ނިލަންދޫ އެއާޕޯޓް އަޅާ ބިން ހިއްކާ ނިންމައިފި
ފ. ނިލަންދޫ އެއާޕޯޓް ތަރައްގީކުރަން ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަސައްކަތް ނިންމަލައިފިއެވެ.

ފ. ނިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފަވަނީ 2024 ވަނަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. ނިލަންދޫ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިންހިއްކުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ބުނީ ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން އެއްކޮށް ހިއްކާ ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ ފަޅު ފުންކުރުމާއި ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްކަމަށާއި މޅި މަޝްރޫއުގެ 74 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

ނިލަންދޫ އެއަރޕޯޓަކީ މި ދަޢުރުގައި ސަރުކާރުން ތަރައްގީކުރުމަށް އިއުލާނުކޮށްފަވާ 12 އެއަރޕޯޓްގެ ތެރޭގައި ހިމެނޭ އެއާޕޯޓެކެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު 2023 ވަނަ އަހަރު ނިލަންދުއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ ނިލަންދޫގައި އަޅާނީ ޖެޓް ޖެއްސޭ ފެންވަރުގެ އެއާޕޯޓެއްކަމަށެވެ. 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު އަޅާ އެ އެއާޕޯޓް ވެގެންދާނީ އެންމެ ޒަމާނީ އެއާޕޯޓަކަށްކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް