ރޯދަ މަހުގެ ފަހު ދިހައިގައި އެޗްއާރުސީއެމުން ޚިދުމަތް ދޭނެ އުސޫލު އާންމުކޮށްފި

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު 10 ގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ އުސޫލު އާންމުކޮށްފިއެވެ.

މިގޮތުން އެޗްއާރުސީއެމުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު 10 ދުވަސް ( 09 މާރިޗް 2026 – 19 މާރިޗް 2026 ) އަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާތީ، މި މުއްދަތުގެ ތެރޭގައި ލިޔެކިޔުންތައް ހުށަހަޅާނީ  ކޮމިޝަނުގެ ރަސްމީ އީމެއިލް އަށް ކަމަށެވެ.

އަދި ކޮމިޝަނުގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް މައްސަލަ ހުށަހެޅުއްވުމަށާއި މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ހިލޭގުޅޭ ނަންބަރު 1424 އަށް ގުޅުއްވުމަށް އެޗްއާރުސީއެމުން ވަނީ އެދިފައެވެ.

މީގެ އިތުރުން ކޮމިޝަނުގެ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށްވެސް އީމެއިލް މެދުވެރިކޮށް މައްސަލަ ހުށަހެޅުއްވޭނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެޗްއާރުސީއެމުން ވަނީ މައްސަލަ ހުށަހެއްޅުވުމަށާއި ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ހިލޭގުޅޭ ނަންބަރު 1624 އަށް ގުޅުއްވުން އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް