އެމްއެމްއޭ އާ ގުޅުންހުރި ތާރީޚީ ފޮޓޯ ހޯދަނީ

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އާ ގުޅުންހުރި އިހުގެ ތާރީޚީ ފޮޓޯ ހޯދުމަށް އިޢުލާންކޮށްފިއެވެ.

އެމްއެމްއޭ އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ އޮތޯރިޓީގެ ފަރާތުން ނެރުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތާރީޚާ ބެހޭ ފޮތެއްގައި ބޭނުންކުރުމަށްޓަކައި އެ އޮތޯރިޓީއާ ގުޅުންހުރި އިހުގެ ތާރީޚީ ފޮޓޯ ހޯދަން ބޭނުންވާ ކަމަށެވެ.

އެހެންކަމިން މިކަމުގައި އެ އޮތޯރިޓީއަށް އެހީތެރިވެދީ މިފަދަ ފޮޓޯ އެ އޮތޯރިޓީއާ ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން މާރިޗު 24 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް [email protected] އަށް އީމެއިލް މެދުެރިކޮށް މަޢުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައެވެ.

އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީ އާ ހިއްސާކުރާ ފޮޓޯތައް އެ ފޮތުގައި ބޭނުންކުރާނީ އޭގެ ވެރިފަރާތަކާއެކު މަޝްވަރާކޮށް، އެއްބަސް ވެވޭ ގޮތެއްގެ މަތިން ކަމަށެވެ.

އެމްއެމްއޭ އިން ވަނީ މިފަދަ ކަންކަމަށް އާންމުންގެ ފަރާތުން ލިބޭ އެހީތެރިކަމަށް ޝުކުރު ދަންނަވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް