މިދިޔަ ދެ ދުވަހުގެ ތެރޭގައި ދެ ލައްކައަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދައިފި

މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ދެ ދުވަހުގެ ތެރޭގައި ދެ ލައްކައަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިގޮތުން ފުލުހުން މިއަދު ޝާއިޢުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމިގެންދިޔަ ފެބުރުވަރީ މަހުގެ 27 އިން 28 އާ ދެމެދު، 215,230.6ރ. އަނބުރާ ހޯދާފައިވެއެވެ.

މީގެ ތެރެއިން ގަލޮޅު ޕޮލިހުން 176،872.6ރ. ހޯދާފައިވާއިރު، ހެންވޭރު ޕޮލިހުން 15،000ރ. އަދި މާފަންނު ޕޮލިހުން 23،358ރ. ވަނީ ހޯދައިފައެވެ.

ފާއިތުވި 48 ގަޑިއިރު ގަލޮޅު ޕޮލިހުން ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރެއިން 148 މީހަކު ހުއްޓުވައި ސުވާލުކޮށް، އެކަކު ހައްޔަރުކޮށްފައިވާއިރު، 911 އަށް ލިބުނު 23 ކޯލަކަށް ވަނީ އެޓެންޑްވެފައެވެ. އަދި ޓްރެފިކް ޕޮލިހުން 21 މައްސަލައެއް ބަލާފައިވާއިރު، 682 ލޮކޭޝަން ބަލައިފާސްކޮށްފައިވާއިރު، މި 48 ގަޑިއިރުގެ ތެރޭގައި ގަލޮޅު ޕޮލިހުން ޖުމުލަ 35 މައްސަލައެއް ރިކޯޑުކޮށްފައިވެއެވެ.

މީގެ އިތުރުން ހެންވޭރު ޕޮލިހުން ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރެއިން 195 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާއިރު، 911 އަށް ލިބުނު 19 ކޯލަކަށް ވަނީ އެޓެންޑްވެފައެވެ. އަދި ޓްރެފިކް ޕޮލިހުން 102 މައްސަލައެއް ބަލާފައިވާއިރު، 447 ލޮކޭޝަން ބަލައިފާސްކޮށްފައިވާއިރު، މި 48 ގަޑިއިރުގެ ތެރޭގައި ހެންވޭރު ޕޮލިހުން ޖުމުލަ 28 މައްސަލައެއް ރިކޯޑުކޮށްފައިވެއެވެ.

އަދި ފާއިތުވި 48 ގަޑިއިރު މާފަންނު ޕޮލިހުން ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރެއިން 233 މީހަކު ހުއްޓުވައި ސުވާލުކޮށް، އެކަކު ހައްޔަރުކޮށްފައިވާއިރު، 911 އަށް ލިބުނު 23 ކޯލަކަށް ވަނީ އެޓެންޑްވެފައެވެ. އަދި 578 ލޮކޭޝަން ބަލައިފާސްކޮށްފައިވާއިރު، މި 48 ގަޑިއިރުގެ ތެރޭގައި މާފަންނު ޕޮލިހުން ޖުމުލަ 33 މައްސަލައެއް ރިކޯޑުކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް