އެފްޑީސީގެ ޗެއަރޕަރސަންގެ މަޤާމުން ނަޝްވާ ވަކިކޮށްފި
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) ގެ ޗެއަރޕާރސަންގެ މަޤާމުގައި ހުންނެވި ނަޝްވާ ޢަބްދުﷲ އެ މަޤާމުން ވަކިކޮށްފިއެވެ. މިކަން ހާމަކުރީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިގޮތުން ޕީސީބީން ބުނީ އެފްޑީސީގެ ޗެއަރޕަރސަންކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ގ. ރޯސްއައިލެންޑް، ނަޝްވާ ޢަބްދުﷲ މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ނަޝްވާ އެ މަޤާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެއެވެ. އެފްޑީސީގެ ޗެއަރޕަރސަންގެ މަޤާމަށް ނަޝްވާ ޢައްޔަންކުރީ 8 ޖަނަވަރީ 2024 ގައެވެ. ނަޝްވާ ވަނީ މީގެ ކުރިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުކަންވެސް ކުރައްވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް