ގޭގައި މަސައްކަތްކުރެވޭ ގޮތަށް ސިވިލް ސާވިސް ގަވާއިދު އިސްލާޙުކޮށްފި

ސިވިލް ސާވިސްގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން، އޮފީހަށް ހާޒިރު ނުވެ އޮފީހުގެ ރަސްމީ މަސައްކަތްތައް ގޭގައި ކުރުމަށް، ތިން ގޮތަކަށް ހުއްދަ ދޭން ސިވިލް ސަރވިސްގެ ގަވާއިދަށް އިސްލާޙު ގެނެސްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސަރވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް، ވަޒީފާ އަދާކުރުން ވަރކް ފްރޮމް ހޯމްއަށް ބަދަލުކުރުމުގެ ފުރުޞަތު މިއަހަރު ހަމަޖައްސަވާދެއްވާނެކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސަރވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް، ވަޒީފާ އަދާކުރުން ވަރކް ފްރޮމް ހޯމްއަށް ބަދަލުކުރުމުގެ ފުރުޞަތު މިއަހަރުގެ މަރިޗު މަހުގެ 1އިން ފެށިގެން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން، ސިވިލް ސަރވިސް ކޮމިޝަނުންވަނީ އެކަމަށް ބޭނުންވާ އުސޫލު އެކުލަވާލާ، ސިވިލް ސަރވިސް ކޮމިޝަނުގެ ގަވާއިދަށް އިސްލާޙެއް ގެނެސްފައެވެ. މިއިސްލާޙުގައިވާގޮތުން ސިވިލް ސަރވިސްގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލިވެރިން އޮފީހަށް ހާޒިރުނުވެ އޮފީހުގެ ރަސްމީ މަސައްކަތްކުރުމަށް އެދޭ ޙާލަތުގައި އެގޮތަށް މަސައްކަތް ކުރުމުގެ ހުއްދާ ދޭންވާނެކަމަށްވަނީ ބަޔާންކޮށްފައެވެ.

މިހުއްދަ ދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންވާ މިންވަރު ބަޔާންކޮށް ސިއްޙީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިޔުމަކަށް ރިޢާޔަތްކުރަންޖެހޭނެކަމަށްވެސް މިއިސްލާޙުގައިވަނީ ބަޔާންކޮށްފައެވެ.

ލެނިވެރިން ދަރަޖަ ކުރެވޭނެ ހާލަތްތައް:

  • ދަރަޖަ 1 - އާއްމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެން ވެސް ބޭނުންވާ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން
  • ދަރަޖަ 2 - އާއްމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން މެދުމިންވަރަކަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން
  • ދަރަޖަ 3 - އާއްމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުން ނުވާ ކުދިންގެ ބެލެނިވެރިން

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް