މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުއްޖަކު ނިޔާވެއްޖެ

ބޮޑު ތަކުރުފާނު ބްރިޖު ލައިޓްކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގައި ކުއްޖަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މާލޭ ބޮޑު ތަކުރުފާނު މަގު ބްރިޖުގެ ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ ޕޭމަންޓް މައްޗަށް އަރައި އެކްސިޑެންޑް ވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 1:30 ހާއިރުގައެވެ.

މިއެކްސިޑެންޓު ހިނގި އިރު ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާއާއި، ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެ ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. މީގެ ތެރެއިން ސައިލަކުގެ ފަހަތުގައި އިން ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.

މިސައިކަލު ދުއްވަން އިނީ އެކަޓަަގަރީގެ ލައިސަންސް ނެތް މީހެއްކަމަށް ފުލުހުން ބުނެއެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް