ވެމްކޯ ސައިޓެއްގައި މުވައްޒަފަކަށް އަނިޔާވެ ވެންޓިލޭޓަރުގައި ފަރުވާދެނީ

މާލޭގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ ސައިޓެއްގެ ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 22 ވީ އާދީއްތަ ދުވަހުއެވެ.

ފުލުހުން  ބުނީ، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މި މަހުގެ 23 ވީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މި ހާދިސާގައި އަނިޔާވި މީހާގެ ހާލު ސީރިއަސްވުމުގެ ސަބަބުން މިހާރު އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނުވަތަ ހާދިސާގެ އިތުރު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ، މި މައްސަލަ މިހާރު އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް