އެސްޓީއޯއިން އަގުހެޔޮކޮށް އޮރެންޖު ވިއްކަނީ

ބާޒާރުގައި އޮރެންޖުގެ އަގު އުފުލުނުނަމަވެސް އެސްޓީއޯއިން ހެޔޮ އަގުގައި އޮރެންޖު ލިބޭނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ބާޒާރުގައި އޮރެންޖުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި، އެސްޓީއޯއިން ބުނީ ބާޒާރުގެ ބައެއް ގޮޅިތަކުގައި އޮރެންޖުގެ އަގު ބޮޑުވެފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށާއި، ނަމަވެސް އެސްޓީއޯ އިން އޮރެންޖުގެ އަގު އެއްވަރެއްގައި ހިފަހައްޓާފައިވާކަމަށެވެ.

އެސްޓީއޯއިން އޮރެންޖު ކިލޯއެއް މިހާރު ވިއްކަނީ 40ރ. ގެ ރޭޓުންނެވެ. މިއާއެކު ވަކިން އޮރެންޖެއްގެ އަގު އުޅެނީ 5.7ރ. އާއި 6.7ރ. ދެމެދުގައެވެ. އެސްޓީއޯއިން ބުނީ ބާޒާރުގައ އޮރެންޖްގެ އަގަށް ބޮޑުވެފައިވީ ނަމަވެސް، ލަސްވެފައިވާ ޝިޕްމަންޓްތައް ކްލިއަރވެ ބާޒާރަށް ނެރެން ފެށުމާއެކު، އޮރެންޖްގެ އަގު މިހާރު ދަށްވާން ފަށާފައިވާކަމަށެވެ.

އޮރެންޖު ހުރި ގިނަ ކޮންޓޭނަރުތަކެއް މިހާރު ވަނީ އަމިއްލަ އިމްޕޯޓަރުންނަށް ދޫކޮށްފައިކަމަށާއި މީގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި އޮރެންޖު ލިބުން އިތުރުވެ، ބައެއް ވިޔަފާރިވެރިން މިހާރުވެސް އަގު ދަށްކުރަން ފަށާފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އަގު އިތުރަށް ހެޔޮވާނެކަމަށްވެސް ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް