ކައުންސިލް އިންތިހާބަށް 26000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ކުރި
އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓަށް ރީ-ރަޖިސްޓަރީވުމަށް ދިން ފުރުސަތު 26000 ވުރެ ގިނަ މީހުން ރީ ރެޖިސްޓްރީކޮށްފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގެ އިތުރުން މައި ދެ އިންތިހާބު އެއްކޮށްލަން ފެނޭތީ ނަގާ ފެންނަ ނުފެންނަ ރިފަރެންޑަމްގެ ވޯޓްލުން އޮންނާނީ އަންނަ އޭޕްރިލްމަހުގެ 4 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ދިން މުއްދަތުގައި 26454 މީހަކު ރަޖިސްޓްރީވެފައިވާކަމަށެވެ. ީ ރެޖިސްޓްރޭޝަނަށް އައި ބަދަލު 21 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭވަރަށް މީހުން ރަޖިސްޓްރީވެފައިވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ރީ ރެޖިސްޓްރީއަށް ބަދަލާއި އެކު އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮއްޓެއް ނު ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ސަބަބަކީ ކަނޑައަޅާފައިވާ އަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާތީކަމަށް އީސީން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި 6 ސިޔާސީ ޕާޓީއަކުން 1210 ކެންޑިޑޭޓުން ވާދަކުރާކަމަށް އީސީން ވަނީ ބުނެފައެވެ.

ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 294،937 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް