ގަމުގައި އަލަށް ހެދި މިސްކިތް ހުޅުވައިފި

ލ. ގަމު ތުނޑީ އާބާދު ސަރަހައްދުގައި ބިނާކުރި މިސްކިތް ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.

މި ރަސްމިއްޔާތުގައި ލ. ގަމު ކައުންސިލުގެ އިސްވެރިންނާއި އެ ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެލައްވާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހަތްސަތޭކަ މީހުންގެ ޖާގައިގެ މި މިސްކިތަކީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތުގައި ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދު ކުރެވޭ ގޮތަށް ބިނާކޮށްފައިވާ ޖާގަ ތަނަވަސް މިސްކިތެކެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހަށް 15 މިސްކިތެއްގެ މަސައްކަތް ނިންމާ ހުޅުވިފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް