މާފުށީ ހިއްކި ސަރަހައްދު ގުޅާލާ ބުރިޖުގެ މަސައްކަތް ފަށައިފި

މާލެ އަތޮޅު މާފުށީ ހިއްކި ސަރަޙައްދާއި އެ ރަށާ ގުޅާލުމަށް ހަދާ ބްރިޖުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

މި މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ މާފުއްޓާއި އެރަށުން ހިއްކި ސަރަހައްދު ގުޅާލުމަށް 138 މީޓަރުގެ ބްރިޖެއް އަޅާނެކަމަށެެވެ.

މި މަސައްކަތް މިހާރު ފަށާފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ  ޕްރީ-ކާސްޓް ކޮންކްރީޓް ބްލޮކްތަކުގެ ފުރަތަމަ ޝިޕްމަންޓް އެ ސައިޓަށް މިހާރު ގެންގޮސްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

.މާފުށީގެ ފަޅުން 25 ހެކްޓަރުގެ ބިން 2021 ވަނަ އަހަރު ވަނީ ހިއްކާފައެވެ. އަދި 1100 ހެކްޓަރުގެ ސަރަހައްދު ވަނީ ހިމާޔަތްކޮށްފައެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދިޔައީ، ހިއްކި ސަރަޙައްދު މާފުއްޓާ ކޯސްވޭއަކުން ގުޅާލާގޮތަށެވެ. ހިއްކި ސަރަހައްދުން 2000 އަކަފޫޓްގެ 308 ގޯތި ވަނީ ދޫކުރަން ނިންމާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް