މާލޭގެ ފެން ހިންދާ ނިޒާމު އޮޓޮމޭޓްކުރުމުގެ މަސައްކަތް ޖަޕާންގެ ކުންފުންޏަކާ ހަވާލުކޮށްފި

މާލޭގެ ފެން ހިންދާ ނިޒާމު އޮޓޮމޭޓްކުރުމުގެ މަސައްކަތް ޖަޕާންގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ މިއީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް (ކޮންސްޓްރަކްޝަން ފޭސް) – ޕެކޭޖް 02 ގެ ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

މި ޕެކޭޖުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މާލޭގައި ޤާއިމްކޮށްފައިވާ 16 ޕަންމްޕް ސްޓޭޝަން އޮޓޮމޭޓްކުރުމަށް ހަރުކުރަންޖެހޭ އާލާތްތައް ޕަންމްޕް ސްޓޭޝަންތަކުގައި ހަރުކުރުމާއި، 16 ޕަންމްޕް ސްޓޭޝަން މޮނިޓަރ ކުރުމަށްޓަކައި ސެންޓްރަލައިޒްޑް މޮނިޓަރިންގް ސްޓޭޝަންނެއް ޤާއިމްކުރުން އަދި ފެންހިންދާ ނިޒާމުގެ މެއިންޓެނަންސަށް ބޭނުންވާ ޖެޓިންގެ ވެހިކަލްއެއް ފޯރުކޮށްދިނުން ހިމެނެއެވެ.

މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޖަޕާންގެ ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަނާއެވެ.

ފެބުރުވަރީ 17 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އިމާރާތްކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އަދި ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މިސްޓަރ މަކޯޓޯ ޔޮކޮށީ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް