ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުން މާދަމާ ރޭ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ޚާއްޞަކޮށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގަލޮޅު ދެކުނު ދާއިރާގައި ޤާއިމްކުރާ ކެމްޕެއިން ޖަގަހަ މާދަމާ ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ޕީއެންސީން މިއަދު ހާމަކުރި ގޮތުގައި މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ 22 ފެބުރުވަރީ 2026 ގެ 21:30 ގައި، ގ. ގަންގެހި (ލޮނުޒިޔާރަތް މަގު، އިލާލާ ފިހާރަ ކުރިމަތީ) ގައެވެ.

އަދި މި ޖަގަހަ ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

ޕީއެންސީން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވުމަށް އެ ޕާޓީގެ މެންބަރުންނާއި އެ ޕާޓީއަށް ތާއީދުކުރާ ހުރިހާ ފަރާތްތަކަށްވެސް ދަޢުވަތު އަރުވައިފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ 4 އެޕްރީލް 2026 ގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް