މަރާމާތަށް ބަންދުކުރި ޖުމްހޫރީ މައިދާން ވަގުތީ ގޮތުން ހުޅުވާލައިފި
މަރާމާތަށް ބަންދުކުރި ޖުމްހޫރީ މައިދާން ވަގުތީ ގޮތުން އާންމުންނަށް ހުޅުވާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އާރުޑީސީން ބުނީ އެ ކޯޕަރޭޝަނާ ހަވާލުކުރެވުނު ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ މަޝްރޫޢުގެ މައިގަނޑު މަސައްކަތްތައް ނިމުމާ ގުޅިގެން، އެ ސަރަހައްދު މިހާރު ވަގުތީ ގޮތުން އާންމުންނަށް ހުޅުވާލެވިފައިވާ ކަމަށެވެ. .މަރާމާތަށް ޖުމްހޫރީ މައިދާން ބަންދުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މިހާރު އެ ސަރަހައްދުގައި މީހުންނަށް ނުވަދެވޭ ގޮތަށް ހަދާފައި ވަނީ ދިދަ ހުންނަ ސަރަހައްދެވެ. އެ ސަރަހައްދު ބަންދުކޮށްފައިވަނީ ވިނަ ހެއްދުމުގެ މަސައްކަތަށެވެ. އާރުޑީސީން ދަނީ ޖުމްހޫރީ މައިދާނުގެ އިތުރުން ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް