ރޯދަމަހު އެމްޕީއެލްއިން އެންމެ ގިނައިން ކްލިއާ ކުރީ ބިސް
ރޯދަމަހުގެ ފުރަތަމަ 2 ދުވަހު އެމްޕީއެލުން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ކުކުޅު ބިސް ކަމަށް އެމްޕީއެލްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްޕީއެލުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް އެތެރެކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ހިމެނޭ 3،260 ޓަނުގެ ތަކެތި ވަނީ ބަނދަރުން ނެރިފައެވެ. އޭގެތެރޭގައި 167 ކޮންސައިންމެންޓުގެ މުދާ ހިމެނޭކަމަަށް އެމްޕީއެލުން ބުނެއެވެ.

އެމްޕީއެލްގެ ހިސާބުތައް ދައްކާގޮތުން ރޯދަމަހުގެ މިހާތަނަށް އެންމެ ގިނައިން ރާއްޖެ އެތެރެކޮށް ނެރެފައިވަނީ ކުކުޅު ބިހެވެ. އެގޮތުން  3،658 ބިސް ކޭސްވަނީ ބަނދަރުން ނެރިފައެވެ. ދެން އެންމެ ގިނައި އެތެރެކޮށް ބާޒާރަށް ނެރެފައިވަނީ ފިޔާއެވެ. އެގޮތުން 2165 ބަސްތާ ފިޔާ ނެެރެފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލުން ބުނީ ރަމަޟާން މަހާ ދިމާކޮށް އެތެރެކޮށްފައިވާ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަަވަހަށް ވިޔަފާރިވެރިންނަށް ކްލިއާކުރެވޭނެ މަގު ފަހިކޮށްދިނުމަށް މި ކުންފުނީގެ އޮޕަރޭޝަންސް ޓީމުތަކުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް