ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދަށް
ޕޮލިސް ކޮމިޝަނަރުކަމުން އިސްމާއީލް ނަވީން ރިޓަޔާކުރެއްވުމުނފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހޯމް މިނިސްޓަރު ދެންމެ ހަވާލު ކުރައްވައިފިއެވެ.

32 އަހަރު ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރެއްވުމަށްފަހު އިސްމާއިލް ނަވީން ރިޓަޔާކުރެއްވީ އިއްޔެއެވެ. އެނާ ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރައްވާފައި މިވަނީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރިތާ އަހަރެއްވެސް ނުވަނީސް އެވެ.

ނަވީން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާފައިވާތީ، ދިވެހި ފުލުހުންގެ ހިދުމަތް ވަގުތީގޮތުން ހިންގަވާނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ އާ ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ހަވާލުކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް