ރަމަޟާންމަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ!

މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމް މިރޭ އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ އޮންނަ ފޯރަމްގެ މަޢުޟޫއަކީ "ރަމަޟާން މަހުގެ މަތިވެރިކަން" މިއެވެ. މިރޭގެ ފޯރަމްގައި ތަޤުރީރުކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. ފޯރަމް ފަށާނީ 21:30 ގައެވެ.

މި އަހަރު މުޅި ޖުމުލަ 18 އިޙްޔާ ފޯރަމް ބާއްވާނެއެވެ.


އޭގެތެރެއިން 8 ބައްދަލުވުން މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

އަތޮޅުތެރޭގެ 10 ރަށެއްގައި އިޙްޔާ ފޯރަމް ކުރިޔަށް ގެންދިއުމަށް ނިންމަވާފައިވާކަމަށެވެ. މި ފޯރަމްތައް ކުރިއަށްދާނީ މި މަހު 20 ވަނަ ދުވަހުން ފެށިގެން މާރިޗު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިޙްޔާ ފޯރަމް ބާއްވާ ރަށްތަކާއި ދުވަސްތައް

  • ތ. ދިޔަމިގިލި: 20 ފެބުރުވަރީ
  • ތިނަދޫ ސިޓީ: 23 ފެބްރުއަރީ
  • ގދ. މަޑަވެލި: 24 ފެބްރުއަރީ
  • ގދ. ގައްދޫ: 25 ފެބްރުއަރީ
  • ހއ. އިހަވަންދޫ: 27 ފެބްރުއަރީ
  • ޅ. ނައިފަރު : 3 މާރިޗު
  • ކ. ހިންމަފުށި: 4 މާރިޗު
  • ކ. ގުރައިދޫ: 6 މާރިޗު
  • ލ. މާވަށް: 9 މާރިޗު
  • ރ. މީދޫ: 11 މާރިޗު

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް