ބޮޑުތަކުރުފާނު މަގު ތަރައްގީކުރަން ބަންދުކުރި ނޯތު ހާބަރު ސަރަހައްދު

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ހުސްކުރި މާލޭ ނޯތު ހާބަރު ސަރަޙައްދު، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވާލައިފިއެވެ.

ނޯތު ހާބަރު ހިންގާ އެމްޕީއެލްއިން ބުނީ، އެ ސަރަޙައްދު މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދުފަހަރާއި މަސް އޮޑިފަހަރަށް މިހާރު ހުޅުވާލައިފައިވާކަމަށެވެ.

އެ ސަރަޙައްދުގައި ބަނދަރު ކުރެވޭނީ، ވަކި އުސޫލުތަކެއްގެ ދަށުންކަން ފާހަގަކުރައްވައި، އެ ކުންފުނިން ބުނީ މި ސަރަޙައްދުގައި ބަނދަރު ކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ޤަވާއިދުތަކަށް ފެތޭ އުޅަނދު ފަހަރަށް އެކަނި ކަމަށެވެ.

ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާއި، ހަމައަށް ބާޒާރު މަތި ހިމެނޭހެން ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށް ނިންމުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިސަރަޙައްދު ވަނީ، ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް