ކޮމިޝަނަރ އޮފް ޕޮލިސް ނަވީން ރިޓަޔާކުރައްވައިފި
ކޮމިޝަނަރ އޮފް ޕޮލިސް(ސީޕީ) އިސްމާޢީލް ނަވީން ރިޓަޔަރ ކުރައްވައިފިއެވެ.
ނަވީން ރިޓަޔާކުރެއްވީ, ގާތްގަނޑަކަށް 32 އަހަރުގެ ހިދުމަތަށް ފަހުއެވެ.

ޚިދުމަތުގައި 32 އަހަރެއްހާ ދުވަހުގެ ޚިދުމަތަށްފަހު ރިޓަޔަރ ކުރެއްވިކަން ހާމަކުރައްވައި ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްމާޢީލް ނަވީން ވިދާޅުވީ އިއްޔެ ރިޓަޔަރކުރެއްވުމަށްފަހު ޚިދުމަތުން ވަކިވެވަޑައިގެންނެވީ ޚިދުމަތާ ގުޅުނު އިރުވެސް މުއައްސަސާއަށް ކުރި އިޙްތިރާމާއި ގަދަރުކުރާ ހާލު ވަޠަންދެކެ ލޯބިވާ މީހެއްގެގޮތުގައި ހުންނަވައިގެންކަމަށެވެ. އަދި މިވީ ދިގު މުއްދަތުގެ ތެރޭގައި ޤައުމަށް ޚިދުމަތްކުރުމަލީ ކިބިވަޑާއިގެންނެވި ފަޚުރެއްކަން ނަވީން ފާހަގަކުރެއްވިއެވެ.

ނަވީން ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 1994 ޖުލައި 7 ވަނަ ދުވަހުއެވެ. ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް ކުރައްވާފައިވާފައިވެ އެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލޭންޑާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޯތަމްބްރިއާއިން މަތީ ތައުލީމު ހާސިލްކުރައްވާފައެވެ.

ފުލުހުންގެ ހިދުމަތުން ނަވީން ރިޓަޔާ ކުރައްވަން ނިންމެވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް