އޮފީސްތަކުގެ ޤުރުއާން މުބާރާތް ފެބުރުވަރީ 22 ގައި

ރަމަޟާން މަހާއި ދިމާކޮށް ކުރިއަށް ގެންދާ އޮފީސްތަކުގެ ޤުރުއާން މުބާރާތް މި މަހު 22 ގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

އޮފީސްތަކުގެ ޤުރުއާން މުބާރާތަކީ، އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ވާދަވެރި މާހައުލެއްގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމަށް ހިތްވަރު ދިނުމުގެ ގޮތުން، 2016 ވަނަ އަހަރުން ފެށިގެން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ރަމަޟާން މަހު ބާއްވަމުން އަންނަ މުބާރާތެކެވެ.

އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މި އަހަރުގެ މުބާރާތުގައި 21 އިދާރާއަކުން 71 ބައިވެރިން ވާދަކުރެއެވެ.

އަދި މުބާރާތުގެ ކިޔެވުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ހޯލުގައި ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މިދިޔަ އަހަރުން ފެށިގެން މި މުބާރާތް އިންތިޒާމު ކުރަމުން އަންނަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް