ރޯދަމަހު މާލޭގައި މުދާ އުފުލޭ ގަޑިތައް އާންމުކޮށްފި

މާލެ ސަރަހައްދުގައި ކުރިއަށް އޮތް ރޯދަމަހު މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކަނޑައަޅައިފި އެވެ.

 އެގޮތުން މިނިސްޓްރީން ވަނީ ރަމަޟާން މަހު އަދި ޝައްވާލް މަހުގެ 1 އިން 7 ވަނަދުވަހުގެ ނިޔަލަށް ގްރޭޓާ މާލޭ ސަރަހައްދުގައި މުދާ އުފުލަންވީ ގަޑިތައް ކަނޑައަޅާފައެވެ.

 ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، އަދި ޝައްވާލް މަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް.

  •  ހެނދުނު08:00 އިން 09:30 އަށް
  • ހަވީރު 16:30 އިން 20:00 އަށް

 ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ  ނިޔަލަށް؛

  • ހަވީރު 16:30 އިން 20:00 އަށް

 މިއެންގުމާއި ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން -/750 ރުފިޔާ އިން ޖޫރިމަނާކުރާނެކަަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް