ކުޅުދުއްފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައިފި
ހދ. ކުޅުދުއްފުށި ސިޓީގައި އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގާއިމުކޮށްފައިވާ އާ ރީޖަނަލް އޮފީސް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މި އޮފީސް ހުޅުއްވައިދެއްވީ، ޑެޕިއުޓީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު އަޝްފާން އެވެ.

އާ އޮފީހުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އިމިގްރޭޝަންގެ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި އިތުރު ލުއި ފަސޭހަތަކެއް މަގުފަހިކޮށް ދިނުމެވެ.

އިމިގްރޭޝަނުން ކުޅުދުއްފުށީގައި ހުޅުވި މި އޮފީހާއިއެކު މިހާރު ރާއްޖޭގައި އިމިގްރޭޝަންސްގެ ރީޖަނަލް 2 އޮފީސް ހުންނާނެ އެވެ. ރާއްޖޭގެ ދެކުނުގައި އިމިގްރޭޝަންގެ ރީޖަނަލް އޮފީސް ހުންނަނީ، އައްޑޫސިޓީ ހިތަދޫގަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް