ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
 ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ ސްކޫލް ކުދިންނަށް ޓިއުޝަންގެ ހިދުމަތްދޭ ބްރައިޓް މައިޑްގެ ކުރީގެ ވެރިޔާ އަފްލާހެވެ. އޭނާ ވަނީ އެ ތުހުމަތު ކުރެވުނު ފަހުން ކުންފުނީގެ ހިއްސާ އާއިލީ ބަޔެއްގެ މައްޗަށް ބަދަލުކޮށްފައެވެ.

އޭނާ ހައްޔަރުކުރީ އިންޑިއާގައި އުޅުމަށް ފަހު، ރާއްޖެ އައުމާ އެކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަން ވެސް އެނގިފައި ވެއެވެ.

އޭނާ އަށް ތުހުމަތު ކުރަނީ ދަރިވަރަކަށް ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާކޮށް، ގްރޫމްކުރުން ކަން ވަނީ އެނގިފަ އެވެ. އަނިޔާގެ ޝިކާރައަކަށްވި ކަމަށް ތުހުމަތުކުރާ ކުއްޖާ ވަނީ ފުލުހުންނަށް ބަޔާން ވެސް ދީފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް