ފިއްލަދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅައިފި

ހއ. ފިއްލަދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ.

މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ.

މި ރަސްމިއްޔާތުގައި ހެލްތް ސަރވިސްގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު ޖަމީލާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްގެ އިތުރުން، ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ޙަސަން އާއި ކައުންސިލް މެންބަރު މުޙައްމަދު މޫސާ ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫޢުގެ ދަށުން ފިއްލަދޫ ޞިއްޙީ މަރުކަޒަށް ބޭނުންވާ އިމާރާތުގެ ޖާގަ އިތުރުކޮށް، ވަސީލަތްތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފިއްލަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތްވެސް ވަނީ އިއްޔެ ފަށައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް