ބީއެމްއެލް އިސްލާމިކްގެ ހައްޖު ޕްރޮމޯޝަނުން ހައްޖައް ދިއުމުގެ ފުރުސަތު ލިބޭ ނަސީބުވެރިން ހޮވައިފި

ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ހުޅުވާލި ހައްޖު ޕްރޮމޯޝަނުން ހައްޖައް ދިއުމުގެ ފުރުސަތު ލިބޭ 10 ނަސީބުވެރިން ހޮވައިފިއެވެ.

މިގޮތުން މި ޕްރޮމޯޝަންގެ ނަސީބުވެރިންގެ ގޮތުގައި ހޮވިފައިވަނީ ފާތިމަތު ޖަބީން، މުފީދު ޢަބްދުއްވައްޙާބް، ލުޤްމާން މުޙައްމަދު، ޢަބްދުﷲ ފާލިލު، އިބްރާހީމް ނަސީރު، ސުހައިލް އިބްރާހީމް، ސުއަިދު މުޙައްމަދު، ސަދާޤަތު ޢަބްދުالله، އަޙުމަދު ނިޝާދު އަދި ޝިނާން ޢަބްދުالله އެވެ.

2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ހުޅުވާލި މި ޕްރޮމޯޝަން ޑިސެންބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔައެވެ.

މި ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިކުރީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނާއި އަލަށް ހިދުމަތް ބޭނުން ކުރަން ފެށި ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިންގ ފެސިލިޓީއެއް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނާއި، މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށާއި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް