ރެހެންދި އެވޯޑުގެ އަލަމްނައި އުފެއްދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، ރެހެންދި އެވޯޑު ލިބިފައިވާ ފަރާތްތަކާ އެކު ބައްދަލުކުރައްވައިފިއެވެ.

އިިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރެހެންދި އެވޯޑުގެ އެލަމްނައި އުފެއްދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

އަދި އެ ވުޒާރާގެ މަސައްކަތްތަކުގައި، ޚާއްސަކޮށް ދިވެހިރާއްޖޭގައި އެކިއެކި ދާއިރާތަކުން އަންހެނުން ބާރުވެރިކޮށް، އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށްޓަކައި އެލަމްނައި އާ ގުޅިގެން ކުރެވޭނެ ކަންކަމާ މެދު ވަނީ މަޝްވަރާކުރެވިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް