ގްރޭޓާ ބޭ އެއާލައިނުން ހޮންގްކޮންގާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފި

ހޮންކޮންގުގެ ގްރޭޓާ ބޭ އެއާލައިނުން ރާއްޖެއަށް ޗާޓަރު ދަތުރުތަކެއް ފަށައިފި އެވެ.

އިއްޔެ ފެށި މިދަތުރުތައް މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު އެއް ދަތަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދުވަސްވަރަކީ ޗައިނާގެ އައު އަހަރާ ދިމާކޮށް ގިނަ ބަޔަކު ޗުއްޓީއަށް ދަތުރުކުރާ ދުވަސްވަރެކެވެ.

ހޮންގްކޮންްގުގެ ބަޖެޓު އެއާލައިނެއް ކަމަށްވާ ގްރޭޓާ ބޭ އެއާލައިނުން މި ދަތުރުތަގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގ 800-737 މަރުކައިގެ މަތިންދާ ބޯޓެކެވެ. ގްރޭޓާ ބޭ އެއާލައިނަކީ މިވަގުތު ރާއްޖެއާ ހޮންގްކޮންްގާއި ދެމެދު ސީދާ ދަތުރުތައް ބާއްވާ ދެވަނަ އެއާލައިނެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާ އެވެ. މިމަހުގެ ފުރަތަމަ ހަފުތާގައި އެގައުމުން ރާއްޖެއަށް 35،123 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް