ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެއްޖެ

މާލެއާއި ހުޅުމާލެއާއި ދެމެދު އޮންނަ ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 4 މީހަކަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ރޭ12:45 ހާއިރު ހިނގީ ހައިވޭގެ މާލެއިން ހުޅުމާލެއަށް ދާފަޅީގެ ކާރު ލައިނުގައި މަޑުކޮށްގެން އޮތް ކާރެއްގައި ދުއްވާފައި ދިޔަ ކާރެއް ޖެހި، އެ ކާރު ސައިކަލު ލޭނަށް އެރި ވަގުތު އިތުރު ހަތަރު ސައިކަލެއް ކާރުގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި4 މީހަކަށް އަނިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން2 މީހަކު ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވެއެވެ.

އަދި އަނެއް2 މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި ހިމެނޭ އުޅަނދުތަަކަަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

ފުލުހުން ދަނީ އެ މައްސަަލަ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް