"ވެލާނާ އެވޯޯޑްސް"ގެ ނަމުގައި އެވޯޑެއް ދެނީ
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ޚާއްސަކޮށްގެން "ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ތަޢާރަފުކޮށްފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭ މި އެވޯޑް ދެނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.

މި ފަހަރުގެ އެވޯޑްގައި  3 ދާއިރާއަކުން 22 އެވޯޑް ދިނުމަށް ވަނީ ނިންމާފައެވެ. އެ ދާއިރާތަކަކީ ފަސެންޖާ އެވޯޑްސްއާއި ކާގޯ އެވޯޑްގެ އިތުރުން ލައުންޖް އެވޯޑްސްއެވެ.

މީގެއިތުރުން  އަހަރުގެ އެންމެ ކާމިޔާބު އެއާލައިން ފާހަގަކޮށް އެ އެއާލައިނަށް ހާއްސަ އެވޯޑެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

އެމްއޭސީއެލްއިން ބުނީ، މި އަހަރުގެ އެވޯޑް ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް