ނައިފަރު ފަޅުގައި އޮތް ޑިންގީއެއްގައި ތިބި ދެ މީހަކު ޑްރަގާއެކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ނައިފަރުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިގޮތުން ފުލުހުން މި ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޅ. ކުރެންދޫ / ގަނދަކޯޅިމާގެ، ޢަބްދުﷲ ޞިފާޒް (39އ) އާއި ޅ. ކުރެންދޫ / ދުނި، މުޙައްމަދު ނަދީމް އަޙްމަދު (30އ) އެވެ. ކޯޓުން ވަނީ މި ދެ މީހުންވެސް ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ނައިފަރު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، ނައިފަރު ފަޅުގައި އޮތް ޑިންގީއެއްގައި ތިއްބައި އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެން ކަމަށެވެ. އަދި މިތަކެތީގެ ވަގުތީ ބަރުދަނަކީ 8.1 ގުރާމު ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް