ކާށިދޫ އާއި ކޮނޑޭގައި އަމިއްލަ ފަރާތްތަކަށް ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ، ދިވެހިރާއްޖެ (ވުޒާރާ) ގެ ފަރާތުން، ކ. ކާށިދޫ އަދި ގއ.ކޮނޑޭގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީ.ޕީ.ޕީ) އުސޫލުން ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމުގެ މަޝްރޫޢަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިނިސްޓްރީން ވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީ.ޕީ.ޕީ) އުސޫލުން ފަރުމާކޮށް، ތަރައްޤީކޮށް އަދި ހިންގާނެ ޤާބިލު ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ނުވަތަ ޖަމްޢިއްޔާތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މިއީ ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމަށާއި، އަދި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓާއި ތަޖުރިބާގެ ބޭނުން ހިފައިގެން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢެކެވެ. މި މަޝްރޫޢަށް ހޮވޭ ފަރާތަކުން، މޫސުމީ ބަދަލުތަކަށް ހޭނިފައިވާ، ވިޔަފާރީގެ ގޮތުން ފައިދާހުރި އަދި ރަށު ފެންވަރުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭހެން، ޤައުމީ ކާނާގެ ރައްކާތެރިކަމުގެ މަޝްރޫޢަށް އެއްބާރުލުން ލިބޭނެފަދަ ނަމޫނާ ދަނޑުވެރިކަމުގެ ނިޒާމެއް ޤާއިމުކުރަންވާނެއެވެ.

މި މަޝްރޫޢަށް ޝައުޤުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ކަރުދާހާއި އެއާ ގުޅޭ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ .ޒަމާނީ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީ ބޭނުންކުރުމާއި، އުފެއްދުންތަކުގެ އަގު އިތުރުކުރުމާއި (Value addition)، ރަށު ފެންވަރުގައި ވަޒީފާގެ ފުރުޞަތުތައް އުފެއްދުމުގެ އިތުރުން ދަނޑުވެރިންނާއި ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް އިސްކަންދޭ ޕްރޮޕޯސަލްތައް ހުށަހެޅުމަށް މި ވުޒާރާ ބާރުއަޅައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަޝްރޫޢާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ ނުވަތަ ސުވާލެއް އޮތްނަމަ، 1 މާރިޗު 2026 ވާ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ލިޔުމުން ހުށަހަޅާ ޕްރޮޕޯސަލްތައް 26 މާރިޗު 2026 ވާ ދުވަހުގެ 13:00 ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް