ސީޝެލްސް އިން އައި ކްރޫޒްލައިނާއިން އައްޑޫއަށް 84 ފަތުރުވެރިން!
މި އަހަރު އައްޑޫ ސިޓީއަށް އައި ފުރަތަމަ ކްރޫޒްލައިނާއިން އައި 84 ފަތުރުވެރިންނަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ. އިމިގްރޭޝަނުން ބުނީ ސީޕޯޓު ޑިވިޝަނުން ކްލިއަރެންސް ދީފައިވަނީ 84 ފަސިންޖަރުންނަށާއި 81 ފަޅުވެރިންނަށް ކަމަށެވެ. "އެމްއެސް އައިލެންޑް ސްކައި" ނަމަކަށް ކިޔާ މި ކްރޫޒްލައިނާއަކީ ސީޝަލްސްގެ މަހޭ އިން އައްޑޫ ސިޓީ ހިތަދޫ އަށް އައި ކްރޫޒްލައިނާއެކެވެ. އަދި މި ކްރޫޒްލައިނާއަށް އައްޑޫއަށް އައީ ފެބުރުވަރީ 5 ވަނަ ދުވަހު އެވެ. މިއީ މި އަހަރު ރާއްޖެއަށް އަށް ތިން ވަނަ ކްރޫޒްލައިނާ ކަމަށްވާއިރު، މީގެ ކުރިން އައި ދެ ކްރޫޒްލައިނާ އައިސްފައިވަނީ މާލެއަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް