ބޭބީ ފޯމިއުލާއަކުން ވިހަމާއްދާއެއް ފެނިގެން ބޭނުން ނުކުރަން އަންގައިފި

ފަރަންސޭސީވިލާތުގައި އުފައްދާފައުވާ'"ބޭބީބައޯ"" ފޯމިއުލާގެ ބެޗުތަކެއް "ސެރެއުލައިޑް' ކިޔާ ވިހަ މާއްދާއަކުން ތަޣައްޔަރުވެފައިވާތީ ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭއިން ބުނީ ނެސްލޭއިން އުފައްދާ '"ބޭބީބައޯ"' އޮޕްޓިމާ1 އަދި ބޭބީބައޯ ކަޕްރިއާ 1 ފޯމިއުލާގެ ބައެއް ބެޗުތަކުން "ސެރެއުލައިޑް" ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަމަށެވެ. އަދި މި އުފެއްދުން ބާޒާރުން ނެގުމަށާއި ނައްތާލުމަށް އަދި ނުވިއްކުމަށް އެ ގައުމުން އަންގާފައިވާ ކަމަށެވެ.


އެހެންވެ އެ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި ބާޒާރުން ނެގުމަށް އަދި ނުވިއްކުމަށް އެމްއެފްޑީއޭ އިން ވަނީ އަންގާފައެވެ.

ސެރެއުލައިޑަކީ ބެސިލަސް ސިރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ. މި މައްދާއިން ތަޣައްޔަރުވެފައިވާ އެއްޗެއް ބޭނުން ކުރެއްވިޖެ ނަމަ، މޭނުބައިކޮށް، ހޮޑުލުން، އަދި ބަނޑުގައި ރިއްސުންފަދަ އަލާމަތްތައް ފެނުމަކީ އެކަށީގެންވާކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް