ވެމްކޯ އިން ރޯދަމަހު އަދި 6 ރޯދައިގައި ކުނި އުކާ ގަޑިތަކަށް ބަދަލު ގެނެސްފި
ރޯދަމަހާއި، ޝައްވާލް މަހުގެ ހަ ދުވަހު، މާލެ ސަރަހައްދުގައި ކުނި ނަގާ ވަގުތުތައް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން އާންމުކޮށްފިއެވެ.

ވެމްކޯއިންވަނީ އަންނަ އާދިއްތަ ދުވަހުން ފެށީގެން، ހަ ރޯދަ ނިމެންދެން، ކުނި ނަގާ ވަގުތުތައް ބަދަލުކޮށްފައެވެ. މި ގޮތުން،  މާލޭ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 އިން 2:00އާ ދެމެދުގައެވެ. އަދި ހުޅުމާލެ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 އިން 2:30 އަށެވެ.

މުލަ ރޯދަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން ވިލިމާލެއިން ގޭބީސީތަކުގެ ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 އިން 1:00އާ ދެމެދެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް