ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް؛ މަސައްކަތް މިއަހަރު ފަށަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު އިއްވި ރިޔާސީ ބަޔާނުގައި ރައީސް މިކަން ހާމަކުރެއްވީ، މިއަހަރު، މާލެ ސަރަހައްދުގައި ސިއްހީ ދާއިރާއިން ފެށޭނެ ބޮޑެތި މަޝްރޫއުތައް އިއުލާންކުރައްވަމުންނެވެ.

މާލެ ސަރަހައްދުގައި މިއަހަރު ފެށޭނެ މަސައްކަތްތަކުގެ ގޮތުގައި ވިދާޅުވީ:

  • ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި ޤާއިމުކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް
  • ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ރޭޑިއޭޝަން ޗެމްބަރ ޤާއިމު ކުރުން ހިމެނޭހެން ކެންސަރު ބަލީގެ ޚިދުމަތްތަކަށް ޚާއްޞަ ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމު ކުރުމުގެ މަސައްކަތް މިއަހަރު މެދު ތެރޭގައި ފަށާނެ
  • ހުޅުމާލެ ހޮސްޕިޓަލުގެ އެކްޓެންޝަންގެ ގޮތުގައި 250 އެނދުގެ މަލްޓި-ސްޕެޝަލްޓީ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތް ވެސް މިއަހަރު މެދު ތެރޭގައި ފަށާނެ
  • ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު އެމް.އާރް.އައި މެޝިނަކާއި، ޔޫރޯޑައިނަމިކް ޚިދުމަތާއެކު ޔޫރޮލޮޖީގެ ޚިދުމަތް ފެށުމާއި، އެންޑޯސްކޯޕީ ސުއީޓަކާއެކު ގޭސްޓްރޯއެންޓްރޮލޮޖީގެ ޚިދުމަތް ފެށުން އަދި އޯ.ޕީ.ޑީ އަދި އީ.އީ.ޖީ ޚިދުމަތް ހިމެނޭހެން ނިއުރޮލޮޖީގެ ޚިދުމަތް ފެށުމާއި ސީ.އެކްސް.އެލް ސާޖަރީ ތަޢާރަފުކޮށް، އޮފްތަލްމޮލޮޖީ ޚިދުމަތް ފުޅާކުރުމާއި ޑެންޓަލް ލެބޯޓްރީއެއް ޤާއިމު ކުރުން މިއަހަރު ތެރޭގައި ކުރިޔަށް ގެންދާނެ

އަތޮޅު ތެރޭގައި މިއަހަރު ކުރިޔަށް ގެންދަން ހަމަޖެހިފައި ހުރި މަސައްކަތްތަކަށް ބަލާއިރު، ޓާޝަރީ ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ ތެރެއިން މެމޮގްރަފީގެ ޚިދްމަތް ނެތް ހޮސްޕިޓަލްތަކުގައި އެ ޚިދުމަތް ތަޢާރަފްކުރުމަށް ހިމަނާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް