މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އެމްޑީ އަދި ސީއީއޯކަމަށް ނޫރުބާން

މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް ނޫރްބާން ފަހުމީ އައްޔަންކުރައްވައިފިއެވެ.

އެމްއެސްޑީގެ އިތުރުން އެމްއެސްއީގެ ބޯޑު ޑިރެކްޓަރުކަމަށް ވެސް މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނޫރްބާން އައްޔަންކޮށްފައިވާ ކަމަށް އެމްއެސްސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މި އިދާރީ ބަދަލުތަކަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ޖަވާބުދާރީވުމުގެ ނިޒާމު ވަރުގަދަކުރުމާއެކު، ރާއްޖޭގެ ކެޕިޓަލް މާކެޓް އައު އުސްމިންތަކަކަށް ވާސިލުކޮށްދިނުމަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އަމާޒުތައް ހާސިލުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ނޫރްބާން ފަހުމީއަކީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި އެމްއެސްޑީ އާއި އެމްއެސްއީގެ އެކި އިސް މަގާމުތައް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

މިގޮތުން އޭނާ ވަނީ، ސީއޯއޯގެ މަގާމާއި ލީގަލް ކައުންސެލް އަދި ކޮމްޕެނީ ސެކްރެޓަރީގެ މަގާމު ފުރުއްވައިފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް