ޖަޕާނު ސަރުކާރުން ރާއްޖެއަށް ސީއެމްބިއުލާންސް އެއް ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުން ރާއްޖެއަށް ސީއެމްބިއުލާންސް އެއް ހަދިޔާކޮށްފިއެވެ.

މި އެމްބިއުލާންސް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ރަމްޒީގޮތުން އެމްބިއުލާންސް އާއި ޙަވާލުވީ މިނިސްޓަރ އޮފް ޑިފެންސް ޢައްސާން މަޢުމޫންއެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސް ޙަވާލުކޮށްދެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ.

 

މިއީ ޖަޕާނުގެ އިގްތިޞާދީ އަދި އިޖުތިމާއީ ތަރައްޤީއަށް ދޭ އެހީ ޕްރޮރްގްރާމްގެ ދަށުން ރާއްޖެއަށް ހަދިޔާކުރި އެމްބިއުލާންސްއެކެވެ.

މި އެހީގެ ދަށުން ރާއްޖޭގެ ރަށްތަކަށް ޞިއްހީ ހިދުމަތް ދިނުމަށް ކުރިއެރުންތަކެއް އަންނާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް