ޒަކާތު ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އެކުލަވާލައިފި

ޒަކާތުގެ ގާނޫނުގެ ދަށުން "ޝަރީއާ އެޑްވައިޒަރީ ކޮމިޓީ" އުފައްދަވައި، އެ ކޮމިޓީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭފުޅުން މިއަދު އައްޔަނު ކުރައްވައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ޤާނޫނެއް ފާސްކޮށް، ތަސްދީޤުކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 6ވަނަ ދުވަހުއެވެ. ޒަކާތުގެ ޤާނޫނުގެ ދަށުން އެ މަސައްކަތަށް ޚާއްސަ ކައުންސިލެއްވެސް ވަނީ އެކުލަވާލާފައެވެ. ކައުންސިލްގައި 9 މެންބަރުން ތިއްބަވައެވެ.

ޝަރީއާ އެޑްވައިޒަރީ ކޮމިޓީއަށް އައްޔަނުކުރާ މެމްބަރުންނަކީ، އިސްލާމީ ޝަރީއާގެ ކަމާގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލުކޮށްފައިވުމުގެ އިތުރުން، މިނިސްޓްރީން ދޫކޮށްފައިވާ ދީނީ ތަގުރީރުކުރުމާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައި ވާންވާނޭކަމަށްވެސް ގާނޫނުގައި ބުނެ އެވެ.

ކޮމިޓީއަށް އައްޔަނުކުރި މެމްބަރުންނަކީ:

  • އަބްދު ﷲ ސަޢުދާން / ޗެއާޕާސަން
  • އުސާމް  މުހައްމަދު  ސައީދު / މެމްބަރު
  • އަބްދުލްހާދީ  ހުސައިން / މެމްބަރު
  • އަހްމަދު  ފިރާސް / މެމްބަރު
  • އަޒްމީން ރަޝީދު / މެމްބަރު

"ޝަރީއާ އެޑްވައިޒަރީ ކޮމިޓީ" އުފެއްދުމަކީ ޒަކާތާ ބެހޭ ގާނޫނުގެ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޒަކާތުގެ ކަންކަން ބެލެހެއްޓުމުގައި ޝަރުއީ ހިންގުންތެރިކަމާއި، ދެފުށް ފެންނަ މިންވަރާއި، އަދި ޝަރުއީ ހަމަތަކަށް ތަބާވުން ހަރުދަނާކުރުމަށްޓަކައި، އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް