ކައުންސިލް އިންތިޚާބުގައި 2،993 ކެންޑިޑޭޓުން ވާދަކުރާނެ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް 3،547 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ހާމަކޮށްފައިވާ ގޮތުގައި ކައުންސިލްތަކަށް ކުރިމަތިލުމަށް 1،936 ފަރާތަކުން ފޯމު ހުށަހެޅިއިރު، ކެންދިޑަސީ ޤަބޫލުކުރީ 1،610 ފަރާތެއްގެއެވެ.

މީގެ އިތުރުން، އ.ތ.މ ކޮމިޓީތަކަށް 1،611 ފަރާތަކުން ކުރިމަތިލާފައިވާއިރު، 1،383 ފަރާތެއްގެ ކެންޑިޑަސީ ވަނީ ޤަބޫލުކޮށްފައެވެ.

އެހެންކަމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމުލަ 2،993 ކެންޑިޑޭޓުންނެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ހަމަވީ އިއްޔެ 17:30 ގެ ނިޔަލަށެވެ.

ފެބުރުވަރީ 1 ވާ އާދީއްތަ ދުވަހުގެ 15:30 ގެ ނިޔަލަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 11 ވާ ހޮނިހިރު ދުވަހުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް