އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ދިން މީހުންގެ އަދަދު 85 އަށް

ހިޔާ ފްލެޓުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ދިން މީހުންގެ އަދަދު85 އަށް އަރާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ހިޔާޓަވަރުގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 5 ވަނަ ޓަވަރުގެ 38 އެޕާޓްމަންޓުގެ ނަރުދަމާ ހޮޅިތަކަށް ގެއްލުން ލިބިފައިވާކަމަށެވެ.

އެގޮތުން މިހާތަނަށް އެހީތެރިކަން ބޭނުންވެގެން ރިޕޯޓުކޮށްފައިވާ 18 އެޕާޓްމަންޓްގައި ދިރިއުޅޭ 85 ފަރާތަކަށް އެންޑީއެމްއޭއިން ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމަށް އެހީ ފޯރުކޮށްދީފަކަމަށް އެ އޮތޯރިޓީޏް ބުނެއެވެ.

މި ހާދިސާއަށް ފަހު ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީއިން ދަނީ ކުރަމުންނެވެ.

އަދި އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން އެޗްޑީސީ އާއި އެ އޮތޯރިޓީން ބަލަމުންދާކަމަށް ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް