ހިޔާ ފްލެޓްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 37 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ހިޔާ ފްލެޓްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 37 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އެޖެންސީ(އެންޑީއެމްއޭ)އިން ބުނެފި އެވެ.

އެންޑީއެމްއޭއިން ބުނީ ހިޔާ ޓަވަރު 5 ގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ޓަވަރުގެ 7 އެޕާޓްމަންޓެއްގެ 37 ފަރާތަކަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށެވެ.

އެ ހާދިސާއަށް ފަހު ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީއިން ކުރަމުންދާކަމަށް އެންޑީއެމްއޭއިން ބުނެެއެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން އެޗްޑީސީ އާއި އެތޯރިޓީން ބަލަމުންދާކަމަށާއި އެ ހާދިސާއާއި ގުޅިގެން އެހީތެރިކަމެއް ބޭނުންވާ ނަމަ އެންޑީއެމްއޭގެ އެމެޖެންސީ ހޮޓްލައިން 115 އަށް ގުޅުމަށް އެދިފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް