ވިލިފުށި އެއާޕޯޓް އަޅާ ސަރަހައްދުގެ 80 އިންސައްތަ ބިން ހިއްކައިފި

މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް)އިން ތ. ވިލުފުށީ އެއާޕޯޓް އެޅުމަށް ހިއްކަން ޖެހޭ ބިމުގެ 80 ޕަސެންޓް ބިން ހިއްކައި ނިންމައިފިއެވެ.

ވިލުފުށީ އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް ފިނޭންސް މިނިސްޓްރީއާއި އެމްއޭސީއެލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ސެޕްޓެންބަރު މަހުގެ 24ގައެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެ ދުވަހު ފެށިއެވެ.

އަދި ހަމަ އެ ދުވަހު ވަނީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައެވެ. އެހެންނަމަވެސް ބޮޑު ޑްރަޖަރެއް ގެނެސް މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އެމްއޭސީއެލުން ބުނީ ވިލުފުށީގައި އެއާޕޯޓް އެޅުމަށް ހިއްކަން ޖެެހޭ 81 ހެކްޓަރު ބިމުން މިހާތަނަށް 65 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާކަމަށެވެ. މި މަސައްކަތް ކުރަމުން އަންނަނީ 11،300 ކިއުބިކް މީޓަރު ހިއްކުމުގެ ކެޕޭސިޓީ ހުރި ފިލިއްޕޯ ބްރޫނެލްޝީ ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް