ހޯދަމުން ދިޔަ ބިދޭސީ މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ތިލަފުށި ވޯކް ސައިޓަކުން ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

އެމީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހުން އެމީހާ ހޯދުމުގެ މަސައްކަތް ފެށީ މިމަހުގެ28 ވަނަ ދުވަހު އެވެ.

އޭރު އެމީހާ ގެއްލުނުތާ ދެ ދުވަސް ވަނީ ވެފައެވެ.

މިމަހު26 ވަނަ ދުވަހުން ފެށިގެން އޭނާ ގެއްލިފައިވާއިރު އެމީހާގެ ވަނަވަރު ފުލުހުން އާންމުކުރީ ނިޔާވެފައި އޮއްވާ ފެނުނު ފަހުންނެވެ.

ފުލުުހުން ބުނީ ނިޔާވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ (24އ) އެވެ.

މިހާތަނަށް ބެލި ބެލުމުން، އަމީން މިއާ ނިޔާވުމުގެ ހާދިސާ ހިނގާފައިވަނީ ޖެނުއަރީ 26 ވަނަ ދުވަހުކަން ވަނީ އެނގިފަވާކަަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރެވެންހުރި މައުލޫމާތު ހާމަކުރަމުންދާނެކަމަށް ފުލުހުން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް