ދެކުނުގެ ހަތަރު އަތޮޅަށް އާދިއްތަ ދުވަހު ސީޕްލޭން ގެ ޚިދުމަތް ފަށަނީ

ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް އާދިއްތަ ދުވަހު ސީޕްލޭން ގެ ޚިދުމަތް ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ވަނީ އައްޑޫ ސިޓީ، ފުވައްމުލައް، ހުވަދުއަތޮޅު އުތުރުބުރި އަދި ހުވަދުއަތޮޅު ދެކުނުބުރީގެ ރަށްތައް ދަތުރުފަތުރުން ގުޅާލުމަށްޓަކައި އެ ހަތަރު އަތޮޅަށް ސީޕްލޭންގެ ޚިދުމަތް އަންނަ ފެބުރުއަރީ އެކަކުން ފެށިގެން ފަށަން ނިންމާފައިވާ ކަން އިއުލާންކޮށްފައެވެ.


އެގޮތުން ދަތުރުފަތުރުގެ އަގުތައްވެސް ވަނީ އާއްމުކޮށްފައެވެ.

ދިވެހިންނަށް އެއްކޮޅު ޓިކްޓްގެ އަގުތައް:
  • ގަން-ފުވައްމުލައްކަށް ދަތުރެއް 500 ރުފިޔާ
  • ފުވައްމުލައް ކާޑެއްދޫ 650 ރުފިޔާ
  • ފުވައްމުލައް-ކޫއްޑޫ 650 ރުފިޔާ
  • ގަން- ކާޑެއްދޫ 900 ރުފިޔާ
  • ގަން-ކޫއްޑޫ 900 ރުފިޔާ

 

މިމަހުގެ 23 ވަނަ ދުވަހު މޯލްޑީވިއަން އިން ވަނީ ނ ވެލިދޫއަށްވެސް ސީޕްލޭންގެ ޚިދުމަތް ތަޢާރަފުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް