ގިރާވަރު

ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ބިމުގެ ސަރަޙައްދުތަކަށް ބަދަލު އަންނާނެތީ، އައު ލޮޓް ނަންބަރުތައް ކަނޑައެޅުމަށްޓަކައި އަލުން ގުރުނެގުމަށް ހައުސިން މިނިސްޓްރީން ނިންމަވައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ ޕީއެސްއެމް އިން ލައިވްކޮށްގެން ކުރިއަށް ގެންދާ އެ ގުރު ނެގުން އޮންނާނީ 9:30 ގައި ސޯޝަލް ސެންޓަރުގަ އެވެ. ގުރު ނަގާނީ އެތަނަށް ހާޒިރުވާ މީހުންގެ ކުރިމަތީގައި މިނިސްޓްރީގެ މުވައްޒަފުންނެވެ.

ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލް:

- 1250 އަކަފޫޓުގެ 2603 ގޯތި

- 1650 އަކަފޫޓުގެ 1214 ގޯތި

- 2050 އަކަފޫޓުގެ 254 ގޯތި

- 2450 އަކަފޫޓުގެ 01  ގޯތި

ހައުސިން މިނިސްޓްރީން ބުނީ ގޯތި ލިބޭ މީހުންގެ ގުރުނަގާ ނިމުމުން، ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މައުލޫމާތު ފަހުން އަންގާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ގޯތިލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓްގެ ގުރުއަތުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ އެ ވުޒާރާގެ މުވައްޒަފުންކަމަށެވެ. މީގެ އިތުރުން ގިރާވަރުފަޅުން ބިން ލިބޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް 1 ފަރާތަށް ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ވަދެވޭނެއެވެ. އަދި ގޯތި ލިބޭ ފަރާތްތަކެއްގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާން ބޭނުންވާނަމަ، އެކަން އަންގައިދޭ ލިޔުމާއި ގޯތީގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީގެ އިތުރުން ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއާއެކު ހާޟިރުވުމުން، ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް އެފަރާތަކަށް ވަދެވޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ

ގުރުއަތުނެގުން ކުރިއަށްދާއިރު ގޯތި ލިބިފައިވާ ފަރާތަށް ހަމަޖެހިގެންދާ ޕްލޮޓް ހިޔާވެހި ޕޯޓަލްއިން ވަގުތުން ފެންނާނެއެވެ. އަދި އެފަރާތަކަށް ލިބޭ ފްލޮޓް ނަންބަރު އެސް.އެމް.އެސްގެ ޒަރިއްޔާއިން އެންގޭނެއެވެ. މި ގުރުއަތުލުން ޕީއެސްއެމްއިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ހައުސިން މިނިސްޓްރީން ބުނީ ގޯތި ލިބޭ ފަރާތްތަކުގެ ގުރުނަގާ ނިމުމުން، ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މަޢުލޫމާތު ފަހުން ހިއްސާކުރާނެކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް