ގަލޮޅު ދަނޑުގައި ގާއިމްކޮށްފައިވާ ޑިސްޓްރިބިއުަން ސެންޓަރަކުން މީހަކި މަސް ދަޅު ކޭސް ގެންދަނީ

ރޯދަ ހަދިޔާ ގޮތުގައި16،000 މަސްދަޅު ބަހާލެވިފައިވާކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފި އެވެ.

ލޯކަލް ގަވަމަންޓް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައިވާ 15 ސެންޓަރަކުން 15،997 މަސްދަޅު ކޭސް ބަހާފައިވެއެވެ.

ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް